ވަކި ޖަމާއަތުގައި ހުކުރު ކުރާ މީހުނާއެކު ކުރާ މަޝްވަރާ ނާކާމިޔާބުވެއްޖެ ބާރުގެ ބޭނުން ކުރާނަން: އުމަރު

ރާއްޖޭގައި ވަކިން ޖަމާއަތްތައް ހަދައިގެން ހުކުރު ކުރަމުން އަންނަ ފަރާތް ތަކާއެކު އަދިވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މަޝްވަރާ ކޮށްގެން ހައްލެއް ނުލިބޭ ނަމަ ބާރުގެ ބޭނުން ކުރައްވާނެ ކަމަށް ހޯމް މިނސްޓަރު އުމަރު ނަސީރު ވިދާޅު ވެއްޖެ އެވެ.
ހޯމް މިނިސްޓްރީގައި މިއަދު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގައި ވަކި ޖަމާއަތެއް ހަދައިގެން ނަމާދާއި ހުކުރު ނުކުރެވޭނެ ކަމަށާއި އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ އެއްވެސް ބަޔަކު ވަކީން ޖަމާއަތް ހަދައިގެން ހުކުރު އެކަންޏެއްް ނޫން، އެއްވެސް ނަމާދެއް ވަކީން ޖަމާއަތް ހަދައިެގން ކޮށްގެން ނުވާނެ. އެއީ ގާނޫނީ ގޮތުން މަނާ ކަމެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ދަރުމަވަންތަ މިސްކިތުގައި ވަކީން ޖަމާއަތް ހަދައިގެން ހުކުރާ ފަރާތްތަކާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެގޮތަށް ކަންތައްތައް ކުރާ ފަރާތް ތަކަށް ދީނުގައި އެކަންތައްތައް އޮތް ގޮތް ބުނެދީ ނަސޭހަތް ދެމުން އަންނަ ކަމަށެވެ. އަދި އެ މަޝްވަރާތައް ފެއިލް ވެއްޖެ ނަމަ ބާރުގެ ބޭނުން ކޮށްގެން އެކަންތައް ހުއްޓުވާނެ ކަަމަށްވެސް އުމަރު ވިދާޅުވި އެވެ.
"ދައުލަތުގެ އެންމެ އިސް ފަރާތް ތަކުން މިދަނީ ހަމަ އެކަމާއި މެދުގަ ވިސްނާ މަޝްވަރާ ކޮށް އަޅުަނޑުމެން ހަަމަ ފުރަތަމަ އަޅަން ޖެހޭ ނަސީހަތްތައް ދިއުމާއި އެމީހުންނާ ރީއްޗަށް މުއާމަލާތް ކުރުމާއި ދީނުގަ އޮންނަ ގޮތް ބުނެދިނުމުގެ މަރުހަލާ ކަޑައްތު ކުރަމުން މިދަނީ. އެކަން އެގޮތަށް ވޯކް ނުކުރާނެ ކަަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ހިސާބުން މެނުވީ އަޅުގަނޑުމެން އިތުރު ފިޔަވަޅެއް ނުއެއް އަޅާނަން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެފަރާތްތަކާއި މިހާތަނަށް ކުރެވުނު މަޝްވަރާތަކުން ދީނުގައި އެކަންތައްތައް އޮތް ގޮތް އެފަރާތްތަކުން ގަބޫލު ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ