މިއަދު ނިމިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ފެއާވެލް ޕާޓީއެއް ދެއްވުމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ނިންމަވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބާއްވާ ޕާޓީއަކީ އެބޭފުޅުން ގައުމަށް ކޮށްދެއްވާފައިވާ ބުރަ އަދި އަގު ނުކުރެވޭ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވަވާ ޕާޓީއެއް ކަމަށެވެ.
ފެއަވެލް ޕާޓީއެއް ދެއްވުމަށް ނިންމަވާފައިވީ ނަމަވެސް މި ޕާޓީ ބާއްވާނެ ތާރީހަކާއި ތަނެއް އަދި ހާމަކުރައްވާފައެއް ނުވެ އެވެ.
ގާސިމް އިބްރާހީމަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފާހަަގަކޮށްލެވޭ މުހިއްމު މަަސައްކަތްތަކެއްް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ނިމިދިޔަ ހަތަރު އަހަރު ދައުލަތުގެ ބަޖެޓް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މުގައްރިރުކަން ކުރައްވާފަ އެވެ. މީގެ އިތުރުން މަޖިލީހުގެ 241 ކޮމިޓީއާއި، އިގްތިސޯދީ ކޮމިޓީ އަދި އެހެނިހެން ބައެއް މުހިއްމު ވަގުތީ ކޮމިޓީ ތަކުގައި ވެސް އެމަނިކުފާނު ވަނީ މުގައްރިރު ކަން ކުރައްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަންކުރެއްވި މެންބަރުގެ ގޮތުގައި ވެސް އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފަ އެވެ.
17 ވަނަ މަޖިލީހުގެ މެންބަރުންނަށް ފެއާވެލް ޕާޓީއެއް ގާސިމް ދެއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ