ތިލަދުންގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ޑރ. ޝަހީމުގެ ހާއްސަ ދަރުހެއް މިއަދު ހަވީރު

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ ހާއްސަ ދަރުހެއް “ތިލަދުން” ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދޭން ނިންމައިފިއެވެ.
“އެއްބައިވަންތަކަން” މި މައުޟޫއަށް ޝަހީމް ދެއްވާ ދަރުސް “ތިލަދުން” ފޭސްބުކް ޕޭޖު (https://m.facebook.com/Thiladhun/) މެދުވެރިކޮށް ލައިވް ކުރުމަށް ނިންމާފައިވަނީ މާދަމާ ހަވީރު 5:30 އިން 6:00 އަށެވެ.
އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ މަގާމުގައި މިހާރު ހުންނެވި ޑރ. ޝަހީމް ގެންދަވަނީ މިރޯދަމަހު އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ހާއްސަ ދަރުސްތަކާއި ދީނީ ބައެއް މައުލޫތަކަށް ޕްރޮގްރާމްތަކެއް ގެނެސްދެމުންނެވެ.
އޭގެ އިތުރުން ބައެއް ނޫސްތައް މެދުވެރިކޮށް، ވެސް ޝަހީމް ގެންދަވަނީ ތަފާތު މައުޟޫތަކަށް އިންސާފު ކުރައްވަމުންނެވެ.
ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ނަމަވެސް ޑރ. ޝަހީމު ފާހަގަކުރެވިގެންދަނީ ދިވެހިން ދީނަށް ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އޭނާގެ ބައެއް ދީނީ ލިޔުންތަކާއި ޕޯސްޓުތައް އެކި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ދަނީ ގެނެސްދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ