ގައުމުގައި ހަމަޖެހުން އޮންނާނީ އެއް އުސޫލަކުން އަމަލުކުރެވިގެން: ގާސިމް

ގައުމުގެ ކޮންމެ ރައްޔިތަކާމެދުވެސް ހަމަހަމަ ގޮތެއްގައި އެއް އުސޫލަކުން އަމަލުކުރުމަކީ ގައުމުގެ އަމާންކަމާއި ގައުމުގެ ހަމަޖެހުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދިވެހިން ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ޚިޠާބެއްގަ އެވެ.
ގާަސިމް އިބްރާހިމްގެ ޚިޠާބުގައި ވިދާޅުވީ ގައުމީ ދުވަހެއް ފާހަގަކުރަމުންދާ ވަގުތެއްގައި އެންމެ އިސް ވާޖިބަކަށް ވާންވާނީ މުޅި ގައުމުގެ އެންމެހާ ރައްޔިތުންގެ އަމާންކަމާއި، ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމަށް މަސަައްކަތް ކުރުން ކަމަށެވެ.
"ގައުމުގެ ކޮންމެ ރައްޔިތަކާމެދުވެސް ހަމަހަމަ ގޮތެއްގައި އެއް އުސޫލަކުން ޢަމަލުކުރުމަކީ ގައުމުގެ އަމާންކަމާއި ގައުމީ ހަމަޖެހުން ދާއިމީ ގަޮތެއްގައި ދެމިއޮތުމަށް ލިބިގެންދާނެ އެންމެ މުހިއްމު ކަންތައް ކަމުގައި ނޫނީ ނުވާނެ އެވެ،" ހިތޯބުގައިވެ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ގައުމީ ދުވަސް ފާހަގަ ކުރެވޭ ކޮންމެ ވަގުތެއްގައި އަޅުގަނޑުމެން އެންމެ ބޮޑަށް ހަނދާން އާކޮށް ހިތްވަރު ލިބިގަންނަން ޖެހެނީ ގައުމީ ބަތަލުން މި ގައުމަށްޓައި ވެފައިވާ މަތިވެރި ގުރުބާނީ އާއި އަގުނުކުރެވޭ ފަދަ ގިނަގުނަ ހިދުމަތްތަކުގެ މަތިން ކަމަށެވެ.
"ގައުމަށްޓަކައި ޝަހީދުވެ ވަޑައިގެންނެވި ގައުމީ އަބްޠާލުންގެ މަތިވެރި ޒިކުރާ އާކޮށް، އެ އަބްޠާލުންގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމެވެ،" ބަޔާނުގައިވެ އެވެ.
ގައުމީ ދުވަސް ފާހަގަކުރަމުންދާތާ މިއަދަށް ވަނީ 71 ފުރިފަ އެވެ. 1 ރަބީއުލްއައްވަލް 1365 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ގައުމީ ދުވަސް ދަނީ ފާހަގަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ