ސަރުކާރުގެ ތެރެއިން ހިނގާ އަނިޔާވެރިކަމުގެ ކަންތައްތައް ވަރިހަމަކޮށްލައިގެން ތިބެވޭކަށް ނެތް ކަމުގައި ހެންވޭރު އުތުރުގެ ދާއިރާގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމް.ޑީ.ޕީ ހިމެނޭ އެމް.ޔޫ.އޯގެ "ލާމަރުކަޒީރާއްޖެ" ހަރަކާތްތަކުގެ ތެރެއިން ދުވާފަރުގައި ބާއްވާ "ލާމަރުކަޒީ ރ. އަތޮޅު" ގެ ނަމުގައި ބާއްވާ ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ހުރިހާކަމެއް ވަރިހަމަ ކޮށްލައިގެން ތިބެވޭކަށް ނެތްކަމަށާއި, އަނިޔާވެރިކަން ގަބޫލެއް ނުކުރެވޭނެ ކަމަށެވެ.
ސަރުކާރަށް ޖަވާދުދޭންޖެހޭކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން, އަބްދުﷲ ޝާހިދުވަނީ ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް ގޮވާލާ އެކަން ތަކުރާރު ކުރައްވާފައެވެ. އޭގެ އިތުރުން ވަގު ސަރުކާރެއް ގަބޫލު ކުރެއްވެން ނެތްކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ހަރަކާތްތައް ކުރިއަށް ގެންދަނީ ރ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ރ. ދުވާފަރުގައި އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ 30 ބޭފުޅުން ބައިވެރިވާގޮތަށެވެ. އަދި އެއަތޮޅުގެ އެހެން ރަށްރަށުގެ އެތައް ބަޔަކު މި ޖަލްސާގައި ބައިވެރިވުމަށް ދުވާފަރަށް ވަނީ އައިސްފައެވެ.
ހުރިހާކަމެއް ވަރިހަމަ ކޮށްލެވޭކަށް ނެތް - އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ