އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މާދަމާ ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އެ ކޯޓުން އަންގައިފި އެވެ.
އެ ކޮމިޝަންގެ މެމްބަރު ހާޒިރުކުރަނީ ޕްރެސް ކޮންފަރެންސްތަކުގައި ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގަ އާއި 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާނުލުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނިކޮށް އެއާ ޚިލާފްވި ކަމަށް ބުނެ އެވެ.
އެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު 2:00 ގަ އެވެ. ސުޕްރީމް ކޯޓުގެ އަމިއްލަ އިސް ނެގުމަކަށް ބަލާ އެ މައްސަލައިގެ ފަނޑިޔާރުން ބެންޗުގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރާ އެކު ފަސް ފަނޑިޔާރުންނެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ހަފުތާގައި ބޭއްވިއިރު އެ ދުވަހު ވަނީ އެ މައްސަލަ އަށް ޖަވާބުދާރީވުމުގެ ފުރުސަތު އެ ކޮމިޝަނަށް ދީފަ އެވެ. އޭގެ ދެވަނަ އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ތާވަލްކުރި ނަމަވެސް ފަހުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މާދަމާ ވެސް ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ