ލޯކަލް ކައުންސިލް އިންޙާބުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ޖުމްހޫރީ ޕާރޓީގެ ޓިކެޓުގައި ކުރިމަތިލައްވާ ހަސަން އަތީގް އެދާއިރާގެ ޕީޕީއެމް ކެނޑީޑޭޓަށް ތާއިދުކުރަން ނިންމައިފިއެވެ.
"ވަގުތު" އަށް މަޢުލޫމާތު ދެމުން އަތީގް ވިދާޅުވީ ރޭ ހުވަފެނުން ފެނިވަޑައިގަތީ ލޯކަލް ކައުންސިލް އިންތިޙާބުގައި އެރަށު އުތުރު ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ ހަމަދު އަބްދުﷲ އެމާގަށް ހޮވިވަޑައިގަތް ތަން ކަމަށާއި އަދި އެންމެ އުފާވެރި މަންޒަރެއްގެ ގޮތުގައި ފެނިވަޑައިގަތީ ހުވާކުރެއްވުމުގެ ޖަލްސާ މާލޭ-ހުޅުލޭ ބްރިޖް މަތީ ބޭއްވިގެން ދިޔަތަން ކަމަށެވެ.
އަދި ތަރައްޤީއަކީ ބްރިޖާއި 25 ބުރީގެ ހޮސްޕިޓަލާއި ފުޓުސަލް ދަނޑުތަކުގެ އިތުރުން ހުސްނުވާ އާސަންދަ ކަމަށާއި ތަރައްޤީއަކީ ޔޫކޭގެ ރެފިއުޖީ ކޭމްޕްތަކާއި ކުނޫޒް ނޫންކަމަށް ވެސް އަތީގު ވިދާޅުވިއެވެ.
މީގެއިތުރުން އަތީގު ވަނީ ޖުމްހޫރީ ޕާޓީން ފުވައްމުލަކަށް ކުރި ޒިޔާރަތުގައި ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ނަމަވެސް ޖޭޕީން އޭނާ އެކަހެރިކޮށްލައްވާ ކެމްޕެއިންކޮށްދިނީ އެމްޑީޕީގެ ކެންޑިޑޭޓަށް ކަމަށް އަތީގު ވިދާޅުވިއެވެ. އަދި އޭނާގެ ކެމްޕެއިންއަށް ޖޭޕީން ދިނީ އެންމެ 5000 ރުފިޔާ ކަމަށްވެސް އަތީގު ވިދާޅުވިއެވެ.
އަތީޤް ވަނީ ޕީޕީއެމް ކެންޑިޑޭޓް އެ ދާއިރާއަށް ހޮވައިދެއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ. އަދި 2018 ގައި ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކޮށްދީ 2019 ވަނަ އަހަރުގެ މަޖިލީހުގެ ފުވައްމުލަކު ގޮނޑި ޕީޕީއެމްއަށް ހޯދައިދިނުމުގައި ވެސް ކެމްފެއިން ކޮށްދޭނޭކަމުގެ ޔަޤީންކަން އަތީގު ވަނީ އަރުވާފައެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ ޖޭޕީ ކެންޑިޑޭޓް، އެ ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ