ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޤަފޫރު ގޭބަންދަށް ބަދަލު ކުރުމާއި ގުޅިގެން މޯލްޑިވްސް ބާ ކައުންސިލްގެ މެމްބަރު އަދީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގައި، ސްޕްރީމް ކޯޓުން އެހެންގޮތަކަށް އަންގަންދެން އަދީބު ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށާއި މިހާރު އަދީބުގެ ގެ ރިމާންޑު ޖަލަކަށް ބަދަލުވީތޯ ސުވާލު ކުރައްވާފައެވެ. އަދި ނޫނީ ސްޕްރީމް ކޯޓުން އެހެންގޮތަށް އެންގީ ތޯ މުއިއްޒު ވަނީ އައްސަވާފައެވެ.އަދީބަށް ކުރެވޭ ހިޔާނާތުގެ މައްސަލަ ނިމެންދެން އަދީބު ބަންދު ކުރުމަށް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މީގެ ކުރިން ގޭގައި ހުއްޓާ އަދީބު ވަނީ ޓަގު ބޯޓެއްގައި ފިލައިގެން އިންޑިޔާއަށް އެތެރެވާން އުޅެފައެވެ. ނަމަވެސް އިންޑިޔާގެ ފުލުހުން ވަނީ އަދީބު އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ.އަދީބު ގެޔަށް ބަދަލު ކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ.މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގައި، ސްޕްރީމް ކޯޓުން އެހެންގޮތަކަށް އަންގަންދެން އަދީބު ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށާއި މިހާރު އަދީބުގެ ގެ ރިމާންޑު ޖަލަކަށް ބަދަލުވީތޯ ސުވާލު ކުރައްވާފައެވެ. އަދި ނޫނީ ސްޕްރީމް ކޯޓުން އެހެންގޮތަށް އެންގީ ތޯ މުއިއްޒު ވަނީ އައްސަވާފައެވެ.އަދީބަށް ކުރެވޭ ހިޔާނާތުގެ މައްސަލަ ނިމެންދެން އަދީބު ބަންދު ކުރުމަށް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މީގެ ކުރިން ގޭގައި ހުއްޓާ އަދީބު ވަނީ ޓަގު ބޯޓެއްގައި ފިލައިގެން އިންޑިޔާއަށް އެތެރެވާން އުޅެފައެވެ. ނަމަވެސް އިންޑިޔާގެ ފުލުހުން ވަނީ އަދީބު އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ.އަދީބު ގެޔަށް ބަދަލު ކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަދީބު ގެއަށް ބަދަލު ކުރުމުން ބާ ކައުންސިލްގެ މެމްބަރު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ