ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑު އެހުމުގައި އެ މައްސަލަ ބައްލަވާ ބެންޗުން ގާޒީ އަލީ ރަޝީދު ތަނާޒުލް ވުމަށް ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.މިހާރު ކުރިއަށް ދާ ޝަރީއަތުގެ މަޖްލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ގާޒީ އާއި މެދު ހިތްހަމަ ނުޖެހުތަކެއް އެބަހުރި ކަމަށާއި އެކަމާއި މެދު ވިސްނާވަޑައިގަތުން އެދޭކަމަށެވެ. އަދި މި މައްސަލަ ފެށުނު ހިސާބުންވެސް އެމަނިކުފާނަށް އިންސާފު ނުލިބޭ ކަމަށާއި އެމަނިކުފާނު އެންމެ ފުރަތަމަ ހައްޔަރު ކުރީވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އެކަން ކަމަށް ބެންޗުން ރިއާޔަތް ކުރެއްވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ. ރައީސް ޔާމީން ގެ ވަކީލުން ވެސް ވަނީ ގާޒީ އަލީ ރަޝީދު، މީޑިއާއަށް ސީދާ މައުލޫމާތު ދެއްވުމަކީ ފަނޑިޔާރުންގެ ޤާނޫނާއި ހިލާފުކަމެއް ކަމުގައި ފާހަގަކުރައްވާ އެހެން ކަމުން އެ ގާޒީ އާއި މެދު ދައުވާ ލިބޭ ފަރާތަށް އިތުބާރު ނުކުރެވޭކަން ހާމަ ކުރައްވާފައެވެ. އަދި އެހެން ކަމުން މި މައްސަލަ ބައްލަވާ ބެންޗުން ގާޒީ އަލީ ރަޝީދު މި މައްސަލައިން ތަނާޒުލް ވުމާއި މެދު ގޮތެއް ނިންމެވުމަށް އެދިވަޑައިގެންފައެވެ. ރައީސް ޔާމީން ގެ ޝަރީޢަތް ކުރިއަށް ދާއިރު އެމަނިކުފާނަށް ތާއީދު ކުރާ މީހުން ދަނީ ކޯޓުގެ ބޭރުގައި މުޒާހަރާ ކުރަމުންނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ގާޒީ އަލީ ރަޝީދު މައްސަލައިން ތަނާޒުލް ވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ