އިސްލާމް ދީނަކީ ވަކި ސިޔާސީ ފިކުރެއްގެ އަމިއްލަ މިލްކެއް ނޫން: އަބްދުﷲ ޝާހިދު

ބައެއް ދީނީ އިލްމުވެރިން ނެރެގެން ޕީޕީއެމްއިން ރިޔާސީ އިންތިޚާބަށް ދީން ހަތިޔާރަކަށް ހަދައިގެން ކެމްޕޭން ފަށާފައިވަނިކޮށް އިސްލާމް ދީނަކީ ވަކި ސިޔާސީ ފިކުރެއްގެ އަމިއްލަ މިލްކެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެ، ބަހުގެ ހަމަލާ ދެއްވައިފިއެވެ.
ޝާހިދު ވިދާޅުވީ އިސްލާމް ދީނަކީ ދިވެހި ދައުލަތުގެ އެންމެ މުހިއްމު މަސްދަރުކަމަށެވެ. އަދި އެއީ ދިވެހިން އެއްބައިވަންތަ ކުރުވާ އަސާސްކަމަށެވެ.
ޝާހިދު ވިދާޅުވީ ސިޔާސީ ބޭނުމަށް ދީން ހަތިޔާރަކަށް ހެދުން އެއީ ދިވެހި ދައުލަތުގެ ބިންގަލަށް ދެވޭ ހަމަލާއެއްކަމަށެވެ. އަދި އެކަން ހުއްޓާލުމަށް ޝާހިދު ގޮވާލެއްވިއެވެ.
Islam dheenakee Dhivehi dhawlath ge emme muhimmu masdhar. Dhivehin ebbaivanthakuruvaa asaas. Islam dheenakee vaki siyaasee fikuregge amilla milkeh noon. Siyaasee beynumah dheen hathiyaarakah beynunkurun e ee mi Dhivehi dhawlath ge bingalah dhevey hamalaa eh. Huttaalaa!
މީގެ އިތުރުން ޝާހިދު ވިދާޅުވީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް އިސްލާމް ދީން ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަމުން ގެންދިޔުމުން ޒުވާނުންނާއި ތުއްތު ކުދިންގެ ހިތްތަކުގައި ދީނަށް އޮންނަން ޖެހޭ މުޤައްދަސްކަމަށް ބުރޫ އަރާކަމަށެވެ. އަދި ދީނީ އިލްމުވެރިންގެ ވާހަކަފުޅުތަކަށް ދޭން ޖެހޭ އިހްތިރާމް ނުދެވި އިތުބާރު ގެއްލޭކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ. 
އަދި ސިޔާސީ ފިކުރަކީ ވަކިވަކި އުޞޫލުތަކާއި މަފްހޫމް ތަކެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއްކަމަށާއި، ޚިޔާލު ތަފާތުވުމަށް ޖާގަ ލިބިދޭންޖޭހޭކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ދީނީ ހުރިހާ ތަފާތުތައް ނައްތާލައި، ދީނަކީ އެންމެން އެއްބައިކުރުވާ އެއްޗެއްކަމުގައި ހަދަން ޖެހޭކަމަށްވެސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ