ކަރަންޓު މައްސަލައެއް ދިމާވެ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި

ވެލާނާ ބިލްޑިންގެ ކަރަންޓު މައްސަލައެއް ދިމާވެ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިިފި އެވެ. އިމިގްރޭޝަނުން މިއަދު ބުނީ ކަރަންޓުގެ މައްސަލައެއް ދިމަވުމުގެ ސަބަބުން ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލުވީހާ އަވަހަކަށް ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނުގެ ތަރުޖަމާނު ހަސަން ހަލީލް "ސަން" އަށް ވިދާޅުވީ އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތްކުރާ ވެލާނާ ބިލްޑިންގެ މެއިން ކަރަންޓު ބޯޑުގެ ފިއުޒްގެ މައްސަލައެއް ދިމާވެ އިމާރާތުން ކަރަންޓު ކެނޑިފައިވާ ކަމށެވެ. ފިއުޒް ބަދަލު ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީ އިން ކުރަމުންދާ ކަމަށް އޭނާ ވިދާޅުުވި އެވެ. https://twitter.com/ImmigrationMV/status/1176063941107052545 "ފިއުޒް ބަދަލު ކުރެވޭހާ އަވަހަކަށް ކަރަންޓު ދޭނެ. މައްސަލަ ހައްލުވީހާ އަވަހަކަށް ޕާސްޕޯޓް ނަގަން ނަންބަރު ނަގާފައި ތިބި މީހުންގެ ތެރެއިން ހިދުމަތް ނުދެވި ތިބި މީހުންނަށް ގުޅާ އަންގަމުން ދާނަން،" ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހިދުމަތް ހޯދަން ނަންބަރު ނެގި ގިނަ ބަޔަކަށް ހިދުމަތް ދެވިފައިވާ ކަމަށާއި ކަރަންޓު ދިޔައިރު ހިދުމަތް ނުދެވި ތިބީ މަދު ބަޔަކަށް ކަމަށެވެ. ވެލާނާ ބިލްޑިންގް ގެ ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑުނީ މިއަދު 2:21 އެހާކަންހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ