ކޭބަލް ނެޓްވޯކް މަރާމާތަށް މާދަމާ އައްޑޫން ހަތް ގަޑިއިރަށް ކަރަންޓް ކަނޑާލަނީ

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުންކުރާ ކޭބަލް ނެޓްވޯކް މަރާމާތު ކުރުމަށް މާދަމާ، ހަތް ގަޑިއިރަށް ކަރަންޓް ކަނޑާލަން ނިންމައިފި އެވެ.
އެ މަސައްކަތަށް ކަރަންޓް ކަނޑާލާނެކަން އަންގައި އައްޑޫގެ ގެތަކަށް ފެނަކައިން ފޮނުވި ނޯޓިހުގައި ވަނީ، ކަރަންޓް ކަނޑާލާނީ މާދަމާ 9:00 އިން ފެށިގެން 16:00 އަށް ކަމަށް ބުނެފަ އެވެ. އެކަމަކު ޕްލޭން ކުރެވިފައިވާ ގޮތަށް، އިތުރު މައްސަލައެއް ކުރިމަތި ނުވެއްޖެ ނަމަ އޭގެ ކުރިން ވެސް ކަރަންޓް ދެވިދާނެ ކަމަށް ފެނަކައިން ލަފާކުރެ އެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންތް ދޭން ބޭނނުންކުރާ ކޭބަލް ނެޓްވޯކް މަރާމާތު ކުރަން ތައްޔާރުވެފައިވާއިރު، އާދިއްތަ ދުވަހު ވަނީ އެ ނެޓްވޯކްގެ މައްސަލައެއް ދިމާވެ އައްޑޫގެ ގިނަ ހިސާބުތަކުން އަށް ގަޑިއިރު ވަރަށް ކަރަންޓް ކެނޑިފަ އެވެ.
ފެނަކައިން ވަނީ އައްޑޫގެ ކަރަންޓް މައްސަލަ ހައްލު ކުރަން އެ ކުންފުނީގެ އިންޖިނިއަރުންގެ ޓީމެއް ވެސް ފޮނުވައިފަ އެވެ. އެ ކުންފުނިން އައްޑޫގެ ގެތަކަށް ފޮނުވި ނޯޓިހުގައި ވަނީ، މާދަމާ މަސައްކަތް ކުރަމުންދާ ވަގުތު ކަރަންޓް ކަނޑާލާތީވެ އޭގެ ސަބަބުން ދިމާވެދާނެ ދަތިތަކަސް މައާފަށް ވެސް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ