ޓެކްނިކަލް މައްސަލައެއް ދިމާވެ، މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާނެ: ސްޓެލްކޯ

ދިވާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑެމުންދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްލޯ އިން ކުރި ޓްވީޓެއްގައި ބުނީ ކަރަންޓު ކެނޑެމުންދިޔަ ކަމުގައި ވިޔަސް ވީހާ ވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދިމާވި މައްސަލަ އެ ކުންފުންޏަކުން ހާމައެއް ނުކުރެއެވެ.
ސްޓެލްކޯއިން ވަނީ ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
ސްޓެލްކޯއިން އެހެން ބުނެފައި ވާއިރު، މިހާރު ވެސް ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ