ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ ވައިޓް އެލާޓް ނެރިފައި ވަނީ ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް، މިއަދު ހަވީރު 5:00 އާ ހަމައަށް ކަމަށެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއރުގެ ތެރޭ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އަދި ހުޅަނގާއި ހުޅަނގުއުތުރުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި ރާއްޖޭގެ ކަނޑުތައް މެދުތެރާއި އުތުރުގެ އަތޮޅުތަކަށް ޢާއްމުގޮތެއްގައި ގަދަވާނެ ކަަމށެވެ. އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މޫސުން ގޯސްވުމުން ދެކުނުގެ އަތޮޅު ތަކަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ