ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ޝަރުތުތައް އުވާލައިފި

ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމް ޖަލު ބަންދުން މިނިވަން ކުރި އިރު އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޝަރުތުތައް އެކޯޓުން އުވާލައިފިއެވެ.
ކްރިމިނަލް ކޯޓުން އެ ޝަރުތުތައް އުވާލާފައިވަނީ ގާސިމަށް އެކޯޓުން އެންގި އެންގުމެއްގައެވެ.
ޝަރުތުތަކެއް ކުރިމަތިކުރުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަލު ބަންދުން މިނިވަންކުރީ 7 ޝަރުތެއް ކުރިމަތިކުރުމަށްފަހުއެވެ.
ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ކޯޓުން ކުރިމަތި ކޮށްފައިވާ ޝަތުރުތަކުގެ ތެރޭގައި، ތަހްގީގަށް އެއްބާރުލުން ދިނުމާއި، ފުލުހުންގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ ރާއްޖެއިން ބޭރަށް ނުދިއުމަށާއި، މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުދޭއްވުމަށާއި، މައްސަލައިގެ ހެކި ގެއްލިދާފަދަ އެއްވެސް ކަމެއް އަދި ހެއްކަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ކަމެއް ނުކުރުމާއި، މުޖުތަމައު ތެރޭގައި ފިތުނަ ފަސާދައާ ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ނުދެއްކުމާއި، މުޖުތަމައު ތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދެއްކުމަށް ގާސިމް އިބްރާހިމްގެ ގޮވަތި ގެދޮރު ބޭނުން ނުކުރެއްވުމަށާއި، އެފަދަ ކަންކަން ކުރުމަށް އެހެން މީސްމީހުންނަށް އެތަންތަން ނުދިނުމާއި، ދައުލަތުގެ ތިންބާރާއި، ތިންބާރުގެ ވެރިންނާއި ބެހޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭފަދަ ވާހަކަތައް ނުދެއްކުމެވެ.
އެ ޝަރުތުތައް ގާސިމް އިބްރާހިމްގެ މައްޗަށްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
ޝަރުތުތައް އުވާލުމަށްފަހު ކޯޓުން ގާސިމަށް މިއަދު ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ ގާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ގާސިމް އިބްރާހިމްގެ ބަންދާއިމެދު ގޮތް ނިންމުމަށް މިމަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކެއް ކުރިމަތިކުރުމަށްފަހު ދޫކޮށްލާފައިވަނިކޮށް، އެދުވަހުގެ މުއްދަތު މަޖިލީހުގައި މައްސަލަ މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވޭތޯ ގާޒީ ކުރެއްވި ސުވާލަށް، މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިނުވާކަމަށް ދެންނެވިފައިވަނީ މައުލޫމާތުގެ ކުށަކަށްވުމުންކަމަށް ބުނެ އެކަމާއި ނިހާޔަތަށް މައާފަށް އެދޭކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެ ކޯޓަށް ސިޓީ ފޮނުވާފައިވާކަމަށެވެ.
އެހެންކަމުން ގާސިމް އިބްރާހިމްގެ މައްޗަށްކޮށްފައިވާ ޝަރުތުތައް އުވާލާފައިވާކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމް ޖަލު ބަންދުން މިނިވަން ކުރި އިރު އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޝަރުތުތައް އެކޯޓުން އުވާލާފައިވަނީ އެ ޝަރުތުތައް އުވާލައިދިނުމަށް އެދި ގާސިމްގެ ގާނޫނީ ޓީމުން ވަނީ ހައިކޯޓްގައިވެސް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ