ޖަލުގައި ތިބި ނުވަ ސިޔާސީ ލީޑަރަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިރޭ މިނިވަންކުރަން ކުރަން ހުކުމްކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲއާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި، ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިނާއި، ގާޒީ އަހްމަދު ނިހާނާއި، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި، މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ހިމެނެ އެވެ.
ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމްގައި ވަނީ އެ ހުކުމަށް އެންމެހާ ފަރާތްތަކުން ތަބާވުމަށާއި، އެ ހުކުމް ތަންފީޒު ކުރުމަށާއި އަދި ތަންފީޒު ކުރުމުގައި އިހްމާލުވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފަ އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ