އެތައް ބައެއްގެ ހައްގުތައް ވަނީ ނިގުޅައިގެންފައި، އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން: މައުމޫން

އެތައް ބައެއްގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުﷲ ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު އެތައް ބަޔެއްގެ އަސާސީ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށާއި އެއީ ބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ މުޖުތަމައުގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ހައްގުތައް ހަމަހަމަކަމާ އެކު ލިބިގެން ނޫނީ އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ