ރޭޕްގެ ތުހުމަތުކުރެވޭ މީހާ ލަސްނުކޮށް ހައްޔަރުކުރޭ: މައުމޫން

ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހިފައި ހައްޔަރުކޮށް، ލަސްނުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫނު މިކަމަށް ގޮވާލައްވާފައި މިވަނީ، މާލޭގެ އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް މިހާރު ފެންމަތިވުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މީގެ ތިންދުވަސްކުރިން މާލޭގައި 18 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ޚަބަރު އެއްސެވީ ފުންހިތާމަ އާއިއެކު ކަމަށެވެ. އަދި އެކަން ކުރިމީހާ ލަސްނުކޮށް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަބަދުދިނުމަށް ރައީސް މައުމޫނު ވަނީ ފުލުހުންނަށް ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ