ފެލިދޫ ދާއިރާގެ މެންބަރު ޑީއާރުޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމް ޑިއާރުޕީން ވަކިވެވަޑައިގެންފިއެވެ
ޔޫސުފް ނައީމް ވިދާޅުވީ އޭނާ ޑީއާރުޕީން ވަކިވެވަޑައިގެންނެވި ސަބަބާބެދު މިވަގުތު ވަކިއެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ. އަދި މިވަގުތު ގުޅޭނެ ޕާޓީއެއް ނުނިންމަވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ޕާޓީ އަކާއި ގުޅިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
އިއްޔެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ ޑީއާރުޕީން ވަކިވެވަޑައިގެން އެމްޑީޕީއާއި ގުޅިވަޑައިގެންފަ އެވެ.
މިދެބޭފުޅުން ވެސް ޑީއާރުޕީން ވަކިވެމިވަޑައިގެންނެވީ ރައީސް ވަހީދުގެ ރަނިންމޭޓަކަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ހަމަޖައްސަވާފައި ވަނިކޮށެވެ.
މިހާރު މަޖިލިސްގައި ޑީއާރުޕީ ތަމްސީލު ކުރައްވަނީ ނުވަ މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ