ފުލުހުންނަށްވުރެ ކުށްވެރިންގެ ބާރު ގަދަވެއްޖެ: އުމަރު

ދިވެހި ފުލުހުންނަށް ވުރެ ކުށްވެރިންގެ ބާރު ގަދަވެއްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އިންޒާރު ދިނުމަށްފަހު ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި ރޯކޮށްލުމާ ގުޅިގެންނެވެ.
އުމަރު ވިދާޅުވީ މިފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އަމާންކަން ބަލަހައްޓަން ތިއްބެވި ފުލުހުންގެ މައްޗަށް ކުށްވެރިން ކުރި ހޯދަމުންދާތަން ފެންނަމުން ދާކަމަށެވެ.  އޭނާ މިސާލު ނެންގެވީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ ނ.މިލަދޫ މުޝްތަރީ ގޭގައި އަލިފާން ރޯކޮށްލުމުން މުޅި ގެ އަނދައިގެންދިޔަ ހާދިސާއިންނާއި އޭގެ ދެމަސް ފަހުން، ރޭ ހަމަ އެރަށު ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލާފައިވާ ހާދިސާ އިންނެވެ.
“މި ދެކަން ވެސް ހިންގީ ޑްރަގް ޑީލަރުން އިންޒާރު ދިނުމަށްފަހު. ރާއްޖޭގެ އެތަށް ރަށެއްގެ ހާލަތަކީ މިއީ.
ފުލުހުންގެ ބާރުކެނޑި ކުށްވެރިންގެ ބާރުވަނީ ގަދަވެފައި” އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މިކަން ހުއްޓުވުމަށް ސަލާމަތީ ބާރުތައް މިއަދު ފަހަތަށް ޖެހިފައިވާކަމީ ފެންނަމުންދާ ހަގީގަތް ކަމަށެވެ. ދާޅުވިއެވެ. މިކަން ހުއްޓުވާނީ އޭނާއަށް ކަމަށާއި، ހައްލަކީވެސް އޭނާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މި ހާދިސާ ތަހުގީގު ކުރަން ސީނިއާ އިންވެސްޓިގޭޓަރަކު ހަމަޖައްސާފައިވާ ކަމަށާއި އަދި މިކަން ކުރި ބަޔަކު ހޯދަން މިލަދޫގައި ތިބި ފުލުހުން މިހާރުވެސް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ތިން މީހަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ. ފުލުހެއްގެ ސައިކަލައި ރޯކޮށްލި މައްސަލަ ހޯމް މިނިސްޓަރު އިމްރާން، އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ.
ސީޕީ ވިދާޅުވީ ޑްރަގާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށާއި އެ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ