ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުހައްމަދު ނައީމުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުހައްމަދު ނައީމު ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ހިލާފުވާފަދަ ބަސްތަކެއް ބޭނުންކޮށްފައިވާކަމަށެވެ.
ޖޭއެސްސީން އިސްނަގައިގެން ބަލާ ޝަކުވާއެއްގެ ގޮތުގައި މިމައްސަލަ ތަހުޤީޤުކުރުމަށް ނިންމާ، މިމައްސަލަ ތަހުޤީޤު ކުރުމަށް ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށް މައުލޫމާތުދީފައިވެއެވެ.
ފޮނުވި މެސެޖަކާ ގުޅިގެން ގާޒީ ނައީމްގެ ސުލޫކީ މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ