އިންޓަ ސްކޫލް ކެރަމް މުބާރާތުގެ ފައިނަލަށް ޓީމްތައް ހޮވިއްޖެ

މިމަހުގެ 21 ން 28ގެ ނިޔަލަށް ކުރިއަށް ގެންދާ 15 ވަނަ އިންޓަ ސުކޫލް ކެރަމް މުބާރާތުގެ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.
ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލްގައި ކުރިއަށްދާ އެ މުބާރާތުގެ 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ފައިނަލުން ޖާގަކަށަވަރު ކޮށްފައި ވަނީ ޖަމާލުއްދީން ސުކޫލާއި އަދި ތާޖުއްދީން ސްކޫލެވެ. މި އުމުރު ފުރައިގެ އަންހެން ބައިން ފައިނަލަށް ހޮވިފައިވަނީ ތާޖުއްދީން ސުކޫލާއި އިމާދުއްދީން ސްކޫލެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ފައިނަލުން ޖާގަކަށަވަރު ކޮށްފައި ވަނީ އިސްކަންދަރު ސުކޫލާއި އަދި ޖަމާލުއްދީން ސްކޫލެވެ. މި އުމުރު ފުރައިގެ އަންހެން ބައިން ފައިނަަލަށް ހޮވިފައި ވަނީ އިމާދުއްދީން ސްކޫލާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލެވެެ.
މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ފައިނަލުން ޖާގަކަށަވަރުކޮށްފައި ވަނީ މަޖީދިއްޔާ ސްކޫލާއި އަދި ތާޖުއްދީން ސްކޫލެވެ. މި އުމުރު ފުރައިގެ އަންހެން ބައިން ފައިނަލަށް ހޮވިފައި ވަނީ އަމީނިއްޔާ ސްކޫލާއި ތާޖުއްދީން ސުކޫލެވެެ. އަދި 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ފައިނަލުން ޖާގަކަށަވަރު ކޮށްފައި ވަނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އަދި މަޖީދިއްޔާ ސްކޫލެވެ. މި އުމުރު ފުރައިގެ އަންހެން ބައިން ފައިންލަށް ހޮވިފައިވަނީ ހިރިޔާ ސްކޫލާއި ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލެވެެ.
މުބާރާތުގެ ޑަބަލްސް އިވެންޓުގެ ފައިނަލްތަކުންނާއި ސިންގަލްސް އިވެންޓުގެ ފައިނަލްތަކުން ވެސް ކުޅުންތެރިން ވަނީ ޖާގަކަށަވަރުކޮށްފަ އެވެ. ޑަބަލްސް އިވެންޓާއި ސިންގަލްސް އިވެންޓުގައި ވެސް ދެ ޖިންސުގެ 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި އަދި 19 އަހަރުން ދަށުގެ އުމުރު ފުރާތައް ހިމެނެ އެވެ.
މީގެ އިތުރުން ޖަމާލުއްދީން ސުކޫލްގެ އަޑުއިވުމުން މަހުރޫމުވެފައިވާ ކުދިންގެ ކުލާހަށް ހާއްސަކުރެވިގެން ބާއްވާ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ފަައިނަލްތަކާއި އަދި އިމާދުއްދީން ސުކޫލްގެ ނުކުޅެދުންތެރިކަން ހުންނަ ކުދިނަށް (ސެން ކްލާސް) އަށް އަމާޒުކޮށްގެން ބާއްވާ އިވެންޓުގެ ކުޅުންވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.
މިފަހަރުގެ އިންޓަ ސްކޫލް ކެރަމް މުބާރާތުގައި މާލޭގެ 17 ސްކޫޅަކުން ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ