ކަރަންޓް ކެނޑޭ މައްސަލަ ހައްލު ނުވުމުން، ރަސްމާދޫ ރައްޔިތުންތަކެއް މުޒާހަރާ ކޮށްފި

ކަރަންޓް ކެނޑޭ މައްސަލަ ހައްލު ނުވާތީ ރަސްމާދޫ މީހުން މުޒާހަރާ ކުރަނީ - ސޯޝަލް މީޑިއާ
ރ.ރަސްމާދޫގައި އިރުއިރު ކޮޅާ ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވުމާއި ގުޅިގެން އެރަށު ރައްޔިތުންތަކެއް ނުކުމެ މުޒާހަރާ ކޮށްފިއެވެ.ރަސްމާދޫ ކައުންސިލުުން ވިދާޅުވީ އެރަށުން ކަރަންޓް ކެނޑޭ މައްސަލަ ވަރަށް ބޮޑު ކަމަށާއި،  އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމށެވެ.ރަސްމާދޫ ކައުންސިލުުން ވިދާޅުވީ މައްސަލަ ދިމާވާ ކޮންމެ ފަހަރަކު ކުޑަ މަރާމާތެއް ކުރުމަށް ފަހު ވަގުތީ ހައްލަކަށްފަހު ކަރަންޓް ދެނީ ކަމަށާއި، އިރުއިރުކޮޅާ ކަރަންޓް ކެނޑެމުން ގޮސް ބައެއް ފަހަރަށް ކަރަންޓް ނުލިބި ތިންގަޑިއިރު ވެސް ތިބެން ޖެހޭ ކަމަށެވެ.މީގެ އިތުރުން ކުއްލިކުއްލިއަށް ކަރަންޓް ދިއުމުގެ ސަބަބުން އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާކަން ރަސްމާދޫ ކައުންސިލުން ފާހަގަ ކުރައްވައެވެ.ރަސްމާދޫ ރައްޔިތުންތަކެ ނުކުމ މުޒާހަރާ ކުރީ އެރަށުން ކަރަންޓް ކެނޑ މައްސަލައަށް ހައްލު ނުލިބި ގިނަ ދުވަސްތަކެއް ވާތީ ކަމަށާއި، އެމައްސަލަ ފެނަކަ ކޯޕްރޭޝަންގެ ސަމާލުކަމަށް ގެނައި ނަމަވެސް ހައްލުވެފައި ނުވާ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.ރަސްމާދޫ ކައުންސިލުން ވިދާޅުވީ އެރަށު އިންޖީނުގޭގައި ހުންނަ ޖަނަރޭޓަރަށް މައްސަލަ ދިމާވުމުން އަބަދުވެސް ގެންދަނީ އެހެން ރަށްރަށުގައި ބޭނުންކޮށްފައި ހުންނަ ބައު ޖަނަރޭޓަރުތައް ކަމެވެ.ރަސްމާދޫ އަށް ކަރަންޓް ދިނުމަށް ބޭނުން ކުރަނީ 200 ކިލޯވޮޓުގެ އެންމެ ޖަނަރޭޓަރަރެއް ކަމަށާއި،  މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެވޭނީ އެވަރުގެ ދެޖަނަރޭޓަރުންކަމަށް ކައުންސިލުން ވިދާޅުވެއެވެ.މާޅޮސް މަޑުލު އުތުރު ބުރީ ރަސްމާދޫއަކީ 800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
ހުސައިން ނާސިފް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ކަރަންޓް ކެނޑޭ މައްސަލަ ހައްލު ނުވުމުން، ރަސްމާދޫ ރައްޔިތުންތަކެއް މުޒާހަރާ ކޮށްފި
34 މިނެޓް ކުރިން
ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާދެކޮޅަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
6 ގަޑި ކުރިން
މަޖިލީހުގެ ބަޖެޓް ކޮމެޓީ އިން ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި
6 ގަޑި ކުރިން
އިންޑަސްޓްރިއަލް ވިލެޖް ހިއްކި މަގުސަދު ހާސިލް ނުވޭ: ޑރ.މުއިއްޒު
6 ގަޑި ކުރިން
ސުޕްރީމު ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުން ބޮޑު ބަހުސަކަށް
2 ދުވަސް ކުރިން
ލާދީނީ ފިކުރު ފެތުރޭ ގޮތަށް ހާވާ ހުރިހައި ހަޑިތަކެއް ސާފު ކުރާނަން: އާދަމް ޝަރީފު
2 ދުވަސް ކުރިން
ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާދެކޮޅަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
6 ގަޑި ކުރިން
އިންޑަސްޓްރިއަލް ވިލެޖް ހިއްކި މަގުސަދު ހާސިލް ނުވޭ: ޑރ.މުއިއްޒު
6 ގަޑި ކުރިން
މަޖިލީހުގެ ބަޖެޓް ކޮމެޓީ އިން ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި
6 ގަޑި ކުރިން
ކަރަންޓް ކެނޑޭ މައްސަލަ ހައްލު ނުވުމުން، ރަސްމާދޫ ރައްޔިތުންތަކެއް މުޒާހަރާ ކޮށްފި
34 މިނެޓް ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ