ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރ. މީދޫ ބްރާންޗުގެ ޕެނަލް ބޯޑުގެ މަސައްކަތެއްކުރުމަށް މިއަދު ހަވީރު މުޅި ރަށުން ކަރަންޓު ކަނޑާލަން ހަމަޖެހިފައިވާކަމަށް އެ ބްރާންޗުން މައުލޫމާތުދެއްވައިފިއެވެ.
މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ފެނަކަ މީދޫ ބްރާންޗުގެ މެނޭޖަރ ހުސައިން އަލީ ވިދާޅުވީ މިއަދު ކަރަންޓު ކަނޑާލަން ހަމަޖެހިފައިވަނީ ހޔަވީރު 4:00 އިން 6:00އަށްކަމަށެވެ.
މިހާރު ކޮންމެ ދުވަހަކު މެންދުރު ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑޭތީ އެމައްސަލަ ހައްލުކުރުމަށް ހުރިހާ ފީޑަރުތަކެއްގެ ބްރޭކަރުތައް އައު ކުރަންޖެހިފައިވާކަމަށެވެ.
2 ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދެކަނޑާލިޔަސް މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް ލިބިގެންދާނެކަމަށްވެސް ހުސައިން ވިދާޅުވިއެވެ.
ޕެނަލް ބޯޑުގެ މަސައްކަތެއްކުރުމަށް މިއަދު ހަވީރު މުޅި ރަށުން ކަރަންޓު ކަނޑާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ