ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ، ހަ ގޮނޑި ލިބޭނެ ކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް - ގާސިމް

ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ކަމަށާއި، ހަ ގޮނޑި ނުލިބޭނެ ކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް ކަޕަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯލިޝަން ހަދައިގެން މަޖިލިސް އަށް ނިކުންނެވި ނަމަވެސް އެދެބޭފުޅުންނަށް ގުޅިގެން ވެސް މަޖިލީހުގެ ހަ ގޮނޑި ކާމިޔާބު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމަށެވެ.
ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނާއެކު ގާސިމް ވަޑައިގެންނެވުމުން އެއްވެސް ވަރަކަށް އެމަނިކުފާނު ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށެވެ. ސަބަބަކީ އެދެބޭފުޅުންނަށް ގުޅިގެން ވެސް ހަ ގޮނޑި ނުނެގޭނެތީ ކަމަށެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ބާރުތައް ފެށޭނީ ރައްޔިތުންނާ ހަމައިން ކަމަށާއި، އިންތިހާބުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށާއި ފަހަރުގައި ރައްޔިތުން ނިންމާ ގޮތަކުން ގޮނޑި އެއް ނުލިބި ވެސް ހިނގައިދާނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑަށް ވަރަށް ޔަގީން ކުރެވޭ އެއްޗެއް ދަންނަވާފާނަން. ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެ. އެ ފާޑަށް އެ ވިދާޅުވަނީ، ޔަގީންކަން ނެތީ އެމްޑީޕީއަށް ހެން މަށަށް ހީވަނީ ހަ ގޮނޑި ހޯދާނެ" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ