ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ
ދަށުން އިތުރު ހަތް ބްރާންޗެއްގެ ހިދުމަތް ފަށައި ބޭންކިން ވިއުގަ ފުޅާކޮށްފި އެވެ.
"ޔޫތް އޮންޓްރަޕްރަނާސް
އެކްސްޕޯ" ފެށުމަށް ބާސެލޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަލަށް ހިދުމަތް ފެށި ބްރާންޗްތައް އިފްތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިއަދު ބްރާންޗުތައް ހުޅުވި ރަށްތަކަކީ ހއ. ހޯރަފުށްޓާއި ށ. ކަނޑިތީމާއި ރ. އަލިފުއްޓާއި ޅ. ހިންނަވަރުގެ އިތުރުން އދ. މާމިގިއްޔާއި ގއ. ގެމަނަފުށި އަދި ލ. މާވަށެވެ.
އެ ބްރާންޗްތަކާއެކު، ބީއެމްއެލްއިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗް ހިންގަމުންދެ އެވެ.
އޭގެ ތެރޭގައި މިދިޔަ ދެ އަހަރު ތެރޭގައި ހުޅުވި 17 ބްރާންޗް ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި
ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ މުހައްމަދު ޝަރީފް
ވިދާޅުވީ އެ ބޭންކުން އިންވެސްޓް
ކުރަނީ މުޖުތަމައުގައި ބޭންކުގެ ހިދުމަތް ފުޅާކުރަން ކަމަށެވެ. އަދި ބޭންކަށް ލިބޭ މާލީ
ކުރިއެރުމާއެކު ކޮންމެ ދިވެއްސަކާ ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތް ފަސޭހަކަމާއެކު
ލިބި، އެ ފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ބެންކިން ވިއުގައިގެ ތެރޭގައި 20 އަތޮޅުގައި ހުރި 55 ބްރާންޗާއި 340 އޭޓީއެމްގެ އިތުރުން
ޒަމާނީ ޑިޖިޓަލް ބޭންކިން ވަސީލަތްތައް ހިމެނެ އެވެ.
ބީއެމްއެލްއިން އިތުރު 7 ބްރާންޗެއްގެ ހިދުމަތް ފަށައި ބެންކިން ވިއުގަ ފުޅާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ