ކުރެވުނު ތަޖުރިބާގައި އެޗްއާރުސީއެމްގެ މަސައްކަތާއި މެދު ހިތްހަމަނުޖެހޭ: މައުމޫން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މަސައްކަތާ މެދު ހިތްހަމަޖެހި ވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭ ނުހައްގުން ޖަލަށްލައި އެމަނިކުފާނުގެ އެތަކެއް ހައްގެއް ނިގުޅައިގެންފައިވާއިރު އެޗްއާރުސީއެމްއިން އެމަނިކުފާނުގެ އަރިހަށް އެކި ފަހަރުމަތިން ޒިޔާރަތް ކުރި ކަމަށާއި، އެމަނިކުފާނު ޖަލުގައި އުޅުއްވަންޖެހުނު ހާލު ކިޔައިދީފައިވާނެ ކަމަށެވެ. އަދި ރައީސް މައުމޫންވަނީ އެކަމާ މެދު އެޗްއާރުސީއެމް އިން ކުރައްވާފައިވަނީ ކޮންކަމެއްތޯ ސުވާލު ކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ އެކަންކަމާ މެދު ފިޔަވަޅެއް އެޅުއްވި ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެހެންކަމުން އެޗްއާރުސީއެމްގެ  މަސައްކަތާއި މެދު އެމަނިކުފާނު އަމިއްލައަށް ކުރެވުނު ތަޖުރިބާއާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށެވެ.
ރައީސް މައުމޫން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަކީ ހަމަ އެކަނި ހައްގުތަކުގެ ވާހަކަ ދެއްކުން އެކަނި ކަމަށް ހަދައިގެން ނުވާނެ ކަމަށެވެ. އެކަމަށް ހޭލުންތެރިކޮށް، އެ ހައްގުތަށް ކަށަވަރުކުރުމަށާއި، ހައްގުތަކަށް އަރައިގަންނަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ކުރީގެ ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ