ރ. މާކުރަތުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަށް މައްސަލައެއް ދިމާވެއްޖެއެވެ.
މާކުރަތުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ 160 ކިލޯވޯޓުގެ ޖަނަރޭޓަރަށް މައްސަލައެއް ދިމާވުމާ ގުޅިގެން މިހާރު އެރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދަނީ 80 ކިލޯވޯޓުގެ ދެ ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ދެ ޖަނަރޭޓަރަކީ މުޅި ރަށަށް ކަރަންޓު ދެވޭވަރަށް ވުރެ ކުޑަ ޖަނަރޭޓަރުތަކަކަށްވުމުން މުޅި ރަށަށް އެއްފަހަރާ ކަރަންޓު ދިނުމުގައި މައްސަލަ ދިމާވަމުންދާތީ 160 ކިލޯވޯޓުގެ ޖަނަރޭޓަރު މަރާމާތު ކުރުމުގެ މަސައްކަތް ނިންމައި އާންމު ހާލަތަށް ގެނެވެންދެން އެރަށުގެ އެކި ސަރަހައްދުތަކުން ދޭތެރޭ ދޭތެރެއިން ކަރަންޓު ކެނޑިގެންދާނެ ކަމަށެވެ.
"ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި މިހާރުވެސް ދަނީ މަސައްކަތް ކުރެވެމުންނެވެ. ކަރަންޓުގެ ހާލަތު އާންމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑު ނަގައި އިލެކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބޭނުން ކުރެއްވުމާއި ކަރަންޓު ބޭނުން ކުރެވެމުންދާ މިންވަރު ވީހާވެސް މަދު ކުރެއްވުމަށް މި ކުންފުނީގެ ފަރާތުން އިލްތިމާސްކުރަމެވެ..،" ފެނަކަ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ފެނަކަ އިން ބުނީ އެކަމާ ގުޅިގެން ދިމާވެދާނެ އެންމަހައި ދަތިތަކަށް ރައްޔިތުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދޭ ކަމަށާއި އެރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ކެތްތެރިކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.
މާކުރަތުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަށް މައްސަލައެއް ދިމާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ