ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހުގެ ޕީޕީއެމް ކޯލިޝަނުގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ. ގާސިމް ބޭއްވި ބައްދަލުވުމުގައި ޕީޕީއެމް ތަމްސީލް ކުރައްވާ މެންބަރުންނާއި، މިހާރު ޕީޕީއެމްއިން ވަކިވެ ޕީއެންސީ އުފައްދަން އިސްކޮށް ހަރަކާތްތެރިވާ އަބްދުލްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ މެމްބަރުންނާއި ގާސިމް އިބްރާހިމް ބައްދަލު ކުރެއްވީ މިއަދުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މިއަދު ކުރިއަށްދިޔަ އެ ބައްދަލުވުމުގެ ތަފްސީލު ހާމަ ނުކުރެއްވިނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ގާސިމްއަށް ޝުކުރު ދަންނަވާކަމަށާއި ގާސިމަކީ އަޑުއްސަވާ އަވަސް ހައްލު ހޯދަދެއްވާ ބޭފުޅެއްކަމަށެވެ.
Majlis Raees Hon @qasimibrahim ah Shukuru Dhannavan. Emanikufaanakee Adu Assavaa, Adhi Avas Hallu Hoadhavaidhevvumuga Laamaseelu Beyfulheh. @Banafsaa #PNC #PPM pic.twitter.com/ECsrVpm6QL— Ahmed Nihan (@ahmed_nihan) January 23, 2019
ގާސިމް ޕީޕީއެމްގެ ކޯލީޝަން މެމްބަރުންނާއި ބައްދަލު ކުރެއްވި އިރު އެމަނިކުފާނު ވަނީ އެ ޕާޓީތަކާއެކު ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ކުރިން ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ކޮންމެ ބަޔަކާއެކުވެސް މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ގާސިމް އެފަދައިން ނިންމެވީ ކޯލީޝަން އެއްބަސްވުމާއި ޚިލާފުވެ އެމްޑިޕީއިން ހުރިހާ ދާއިރާއަކަށް ވާދަކުރެއްވުމަށް ނިންމެވުމާއި ގުޅިގެންކަން ފާހަގަކޮށްލެވެއެވެ.
ގާސިމް އިބްރާހިމް ޕީޕީއެމް ކޯލިޝަނުގެ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ