ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އައިޝަތު ނަހުލާ، އުފެއްދެވި ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޯ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑް ނުވަތަ "އަސްބާ" ރަސްމީކޮށް އިފުތިތާހު ކޮށްފިއެވެ.
ބުދަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ ޖަމިއްޔާ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ
ޖަލްސާގެ ޝަރަފުވެރި މެހުމާން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އެވެ.
މިޖަމިއްޔާގެ މަޤްސަދަކީ ގައުމު އާރާސްތުކުރުމުގައި އެހީތެރިވުމާއި، އިޖުތިމާއީ މަސައްކަތްތައް ކުރުމެވެ.
މިރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲގެ އިތުރަށް އައިޝާ އާއިލާގެ ބައެއް މެންބަރުންނާއި ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ކޯޅިޝަންގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
"އަސްބާ"ގެ ފައުންޑަރ މެންބަރުންގެ ގޮތުގައި ހިމެނެނީ އައިޝާގެ އިތުރަށް އެކަމަނާގެ މަންމަ ޚަދީޖާ އިބްރާހީމެވެ.
ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝާގެ " އަސްބާ" ޖަމިއްޔާ އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ