އިލެކްޝަންސް ކޮމިޝަނުން މާދަމާ ޕީޕީއެމަށް ފައިސާ ދޫކުރަނީ

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ދޫކުރަންޖެހޭ ފައިސާ މާދަމާ ދޫކުރާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމާގުޅިގެން ޕީޕީއެމްގެ ލީޑަރޝިޕާމެދު އިތުރަށް ސުވާލު އުފެއްދޭނެ ޖާގައެއް ނެތްކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން ޕީޕީއެމަށް ދޫނުކޮށް ހިފަހައްޓާފައިހުރި ފައިސާ އެޕާޓީއަށް ދޫކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން ފައިސާ ދޫކުރުމަށް ފިނޭންސްއަށް މިއަދު ފޮނުވާނެކަމަށާއި، މާދަމާގެ ނިޔަލަށް ފައިސާ ދޫކުރެވޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅިމާ ދެން އެ ނިމުނީތާދޯ. ދެން މިހާރު އަޅުގަނޑުމެންނަށް ލީޑަރޝީޕާމެދު ސުވާލު އުފެއްދޭޏނެ ޖާގައެއް ނެތްތާ ދެއްތޯ.އެހެންވީމަ އަލޫގަނޑުމެން ހިފަހައްޓާފައިވާ ފައިސާ ދޫކުރުމަށް މިއަދު ޕޯސްޓްކުރާނެ ފައިނޭންސްއަށް އަދި މާދަމާ ދޫކުރަން ފެށޭނެ" ޝަރީފް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 35ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ޙަވާލުކޮށް
ނިންމަންވާނެކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ޕީޕީއެމަށް ފައިސާ ދޫކޮށްފައެއްނުވެއެވެ. އީސީން ވަނީ ޕީޕީއެމް ފިޔަވައި ހުރިހާ ޕާޓީއަކަށް ފައިސާ ދޫކޮށްފައެވެ. ސިޔާސީ ޕާޓީގެ ޤާނޫނު ބުނާގޮތުން ދިހަ ހާސް މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަންޖެހޭއިރު، އެންމެ ގިނަ ފައިސާ ލިބޭ ޕާޓީއަކީވެސް ޕީޕީއެމްއެވެ. ދައުލަތުގެ ބަޖެޓުން އިލެކްޝަންސް ކޮމިޝަނަށް 12 މިލިއަން ރުފިޔާ ދޫކުރަންޖެހެއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅިގެން ޕީޕީއެމުން ކޮށްފައިވާ ޚަރަދުތަކާ ގުޅިގެން އެޕާޓީގެ ގިނަ ޢަދަދެއްގެ ދަރަނި އޮތްއިރު ޕީޕީއެމުން ބުނެފައިވަނީ، އެދަރަނި އަދާކުރެވޭނީ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދޫކުރަންޖެހޭ ފައިސާ ދިނުމުންކަމަށެވެ. ޕީޕީޢެމްގެ ދަރަނި 6 މިލިއަން ރުފިޔާއަށްއަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ