ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް އެހީވާން ސަރުކާރުން އެއްކުރި ފަންޑުގެ ފައިސާ ބަންގްލަދޭޝް ރެޑްކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްފިއެވެ.
މިކަން ހާމަކުރައްވާ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ ފައިސާ ޖަމާކުރުމުގައި ލަސްވީ ކުރިމަތިވި ބައެއް އިދާރީ މައްސަލަތަކާ ގުޅިގެން ކަމަށެވެ.
ރޮހިންޔާ ފަންޑުގެ ފައިސާއާއި ގުޅޭގޮތުން އެމިނިސްޓްރީއާއި، ކަމާއި ގުޅުންހުރި އެއްވެސް ފަރާތެއްގެ ރަސްމީ ބަހެއް ނެތި، ވަކި ބަޔަކު ބަދުނާމުވާގޮތަށް ހަޤީޤަތާއި ޚިލާފުވާހަކަތައް ފަތުރާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި މިކަން ތަޙްޤީގްކޮށް ބަލައިދިނުމަށް ކަމާގުޅުންހުރި މުޢައްސަސާތަކުގައި އެދިފައިވާނޭކަމަށް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.
ރޮހިންޔާގައި ހާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީވާން ބެހެއްޓި ފަނޑފޮށިތަކަށް 18.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެފައިސާ ބަންގްލަދޭޝްގައި ހުންނަ ރެޑް ކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްދިނުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބީއެމްއެލްގައި އެދިފައިވާކަމަށާއި، އަދި ބީއެމްއެލުން އެފައިސާ ލިބުނުކަމަށް ބުނެފައިވާއިރު، ފައިސާތައް ވީތަން ނޭނގޭ ކަމަށްބުނެމަކީ ޒިންމާދާރު ކުޑަކަމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރޮހިންޔާ ފަންޑުގެ ފައިސާ ބަނގްލަދޭޝް ރެޑްކްރެސެންޓާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ