ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ގޭ ބަންދަށް ބަދަލުުކުރުނުން ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ޝުކުރު އަދާކުރައްވައިފި އެވެ.
މާފުށީ ޖަލުގައި ފާރިސް ހުންނެވި ތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ކަރެކްޝަނަލް ސާވިސް އިން މިއަދު ވަނީ އޭނާ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. މިއީ މިދިޔަ ޖުލައި މަހުން ފެށިގެން ބަންދުކޮށްފައި ހުރި ފާރިސް ގޭ ބަންދަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ.
Thank you Raees @MohamedNasheed— Maumoon Abdul Gayoom (@maumoonagayoom) October 11, 2017
ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވައި މައުމޫން ކުރެއްވި ޓްވީޓްސަރުކާރަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންގޮސް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަގުތީ ގޮތުން ނަމަވެސް ފާރިސް ގޭ ބަންދަށް ބަދަލުކުރެއްވުމުން ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި 85 ދުވަސް ވަންދެން ޖަލުގައި އޮންނެވުމަށްފަހު ފާރިސް އާއިލާާ ކައިރިއަށް ވަޑައިގެންފައިވާ ކަމަށާއި އެކަމަށް ﷲއަށް ހަމްދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Faris gey bandhan badhalukoffi
Mihaaru
މައުމޫން ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ. ނަޝީދު ވެސް ވަނީ ފާރިސް ބަންދުން ދޫކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
މައުމޫން ވަނީ ދަރިކަލުން ފާރިސް ނުހައްގުން ޖަލަށްލީ، އެމަނިކުފާނަށް އަމާޒުކޮށް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރިޝްވަތުގެ ތުހުމަތުކޮށް ފާރިސް ހައްޔަރުކޮށްފައި ވަނީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި އެއީ އޭގެ ޒާތުގައި ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް މައުމޫން ކުރިން ވިދާޅުވި އެވެ.
Thank you President for transferring MP @afarismaumoon temporarily from prison to house arrest.— Maumoon Abdul Gayoom (@maumoonagayoom) October 11, 2017
ރައީސް ޔާމީނަށް ޝުކުރުު އަދާކުރައްވައި މައުމޫން ކުރެއްވި ޓްވީޓްފާރިސްގެ މައްޗަށް ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. ރިޝްވަތުގެ ދައުވާގެ އިތުރުން އޭނާގެ މައްޗަށް ކުރަނީ ޝަހުސް އޮޅުވާލުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލީ ޕީޕީއެމް އިން ވަކިކުރި ފަހުން ވެސް ޕީޕީއެމްގެ ބައެއް އެއްޗެހި ބޭނުންކުރެއްވިކަމަށް ބުނެ އެވެ.
ފާރިސް ގޭ ބަންދަށް ބަދަލުކުރުމުން ރައީސް ޔާމީނަށް މައުމޫން ޝުކުރު އަދާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ