ސިޔާސީ ލީޑަރުން އުޅޭ "އައްޗި ގޮތް" ބަލަން ރައްޔިތުން ބޭނުމެއް ނޫން – ރައީސް

ސިޔާސީ ލީޑަރުން އުޅޭ "އައްޗި ގޮތް" ބަލަން ނިކަމެތި ރައްޔިތުން ބޭނުން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޕީޕީއެމްގެ "ރުމާލު-2" ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ 2018 ހޯދުމުގެ މަސައްކަތް ފެށިގެން ހިނގާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި 2013 ވަނަ އަހަރު ރާއްޖޭގެ ޒައާމަތާއި ހަވާލުވި ފަހުން މަސައްކަތް ކުރަމުން ދިޔައީ 2018 ހޯދަން ކަމަށެވެ.
"ޕާޓީގެ ތެރެއިން އެމަސައްކަތް ކުރަމުން ދިޔަ. އެމަސައްކަތުގެ ސަބަބުން ޕާޓީގެ ތެރޭގައި ރެނދުލާން ދިމާވީ ވެސް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޮގަސްޓް 12، 13 އަކީ ވަކި ބަޔަކު ފާހަގަ ކުރަން ޖެހޭ ދުވަސްތަކެއް ނޫން ކަމަށާއި  ހޮނިހިރު ދުވަހު ފެނިގެން ދިޔައީ ރައްޔިތުން ތަރައްޤީގެ ފަހަތުގައި ތިބި މަންޒަރު ކަމަށެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ