ހެނދުނުން ފެށިގެން ޅައިމަގު ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައި!

އިންޖީނަށް ދިމާވި މައްސަލައާއި ގުޅިގެން ށ. ޅައިމަގު ކަރަންޓު ކެނޑިފައި ވާތީ އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކަރަންޓު ކެނޑިފައިވަނީ ހެނދުނު 10:00 އިން ފެށިގެންނެވެ. 
އެރަށު ކައުންސިލުން ބުނީ ކަރަންޓު ކެނޑިފައި ވަނީ އިންޖީނަށް ގުޅާފައިވާ ހޮޅިއެއް ފަޅައިގެން ދިއުމުން ކަމަށާއި، ހޮޅި ހެދުމަށް ފަހު އިންޖީނަށް ގުޅުމުން ވެސް އިންޖީނު މަސައްކަތް ނުކުރާ ކަމަށެވެ. މިހާރު ގުޅާފައިވާ އިންޖީނު ހަލާކުވެފައިވާ ކަމަށް އިންޖީނުގެ ހިންގާ ފެނަކަ މުވައްޒަފުން މައުލޫމާތުދިން ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.
ފެނަކަ މުވައްޒަފުން މަސައްކަތް ކުރަނީ، އިންޖީނުގެ މައްސަލަ ހައްލުކޮށް އަވަހަށް ކަރަންޓު ދިނުމަށް ކަމަށާއި، އަވަސް ވަގުތެއްގައި ކަރަންޓް ލިބޭނެ ކަމަށް ނުބެލެވޭ  ކަމަށް ވެސް އެރަށު ކައުންސިލުން ބުނެ އެވެ.
އާދިއްތަ ދުވަހުގެ ހެނދުނުއްސުރެ ކަރަންޓް  ޚިދުމަތުން ޅައިމަގު ރައްޔިތުން މަހުރޫމުވެފައިވާ އިރު، މިކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފަށް ގުޅުމަށް ކުރި މަސައްކަތްވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ޅައިމަގުން ކަރަންޓު ކެނޑުމުގެ ސަބަބުން، ރަށުގެ ރައްޔިތުންނަށް ތަފާތު އުނދަގޫތަކާއި ވަނީ ކުރިމަތިވެފަ އެވެ.
ޅައިމަގުން ކަރަންޓު ކެނޑިފައިވާ އިރު މިފަހަކަށް އައިސް ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ގިނަ ރަށްތަކެއްގެ އިންޖީނަށް ތަފާތު މައްސަލަތައް ދިމާވެ، ކަރަންޓު  ޚިދުމަތުން ރައްޔިތުން މަރުހޫމުވާ ހާލަތަށް ކަންކަން ދިއުން ވަނީ އިތުރުވެފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ