ރާއްޖެއިން މުސްލިމް ޤައުމުތަކާއި ގުޅުން ކަނޑަމުން ގެންދިއުމަކީ ދެރަކަމެއް: މައުމޫނު

މުސްލިމް މި ދިވެހި ރާއްޖެއިން ފަހަރަކު މުސްލިން ގައުމަކާއި ގުޅުން ކަނޑާލަމުން ގެންދިއުމަކީ ދެރަކަމެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ގަތަރާއި ރާއްޖެއާއި ދެމެދު އޮތް ސިޔާސީ ގުޅުން ސަރުކާރުން މިއަދު ކަނޑާލުމާއި އެކު ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައިވިދާޅުވީ މިދިޔަ އަހަރު އީރާނާއި ރާއްޖެއިން ގުޅުން ކަނޑާލާފައިވާއިރު މިއަދު ގަތަރާއި ގުޅުން ކަނޑާލާފައިވާ ކަމުގައެވެ.
ގަތަރާއި ރާއްޖެއިން ގުޅުން ކަނޑާލާފައިވާ އިރު ސައުދީއަރަބިއްޔާއާއި މިސްރާއި ބަހުރެއިން އަދި ޔޫއޭއީން ވެސް ވަނީ ގަތަރާއި އޮތް ގުޅުން ކަނޑާލާފައެވެ.
ސައުދީއަރަބިއްޔާ އިސްވެ އޮވެ ސައުދީއާއި ބައިވެރިވާ ގައުމުތަކުން ގަތަރާއި ގުޅުން ކަނދަމުން ދަނީ އެ ގައުމުގެ ޓީވީން ގެނެސްދިން ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އަލް ޘާނީގެގެ މެސެޖެއްގައި ސައުދީގެ އެކުވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅު ނޫނު ވުމުންނެވެ.
އަދި އެ މެސެޖްގައި ގަތަރު އަމީރުވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ހިޒްބުﷲ ޖަމާއަތް އަދި އީރާނަކީ ޓެރަރިސްޓުންކަމަށް ސައުދީއާއި ސައުދީ ބައިވެރިން ކަނޑައެޅި ކަނޑައެޅުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އީރާނަކީ އަދިވެސް އިސްލާމީ އުއްމަތުގެ ބާރެއްކަމަށް އަމީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ