މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ބައެއް ސަރަަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅީގެން އެ ޖަނަރޭޓަރު ހުއްޓުމުންނެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔައީ، ސްޓެލްކޯގެ މައި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ހެންވޭރާއި މާފަންނު އަދި މައްޗަންގޯޅީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓް ކެނޑިފައި ކަމަށް ވެސް ވީނިއުސްއަށް ވަނީ އިނގިފައެވެ.
މާލެއިން ކަރަންޓް ކެނޑުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. އަދި ކަރަންޓް ކެނޑި ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރަމުންދާތީ އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށާއި ސްޓެލްކޯ އަށް އަމާޒުވެފަ އެވެ.
މުޅި ރާއްޖެއަށް 24 ގަޑިއިރު ކަރަންޓްގެ ހިދުމަތް ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. ނަމަވެސް ކަރަންޓްގެ މައްސަލައެއް ރަށެއްގައި ނުހިނގާ ދުވަހެއް މަދެވެ.
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ