ކައުންސިލަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް އޮތް މާއްދާ ސްޕްރީމް ކޯޓުން އުވާލައިފި

ކައުންސިލަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ސްޕްރީމް ކޯޓުން މިއަދު އުވާލައިފިއެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމު ރިޒާއާއި އަލީ އަބުދުﷲ އާއި ޝަހީމު އަހުމަދު ހުށަހަޅުއްވާފައިވާ ދައުވާއާއި ގުޅިގެން ސްޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް އޮންނަ އޮތުމަކީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހއާއި 26 ވަނަ މާއްދާގެ ނ އާއި ހިލާފު ކަމެއް ކަމަށެވެ. އެހެން ކަމުން އެމާއްދާއަކީ ބާތިލު މާއްދާއެއް ކަމަށެވެ.
ކައުނސިލަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ