އެސްޓީއޯ އިން ބޮޑު ޑިސްކައުންޓަކާއެކު "ހިޓާޗީ މެގަ ޕްރޮމޯޝަން" ފަށައިފި

އެސްޓީއޯ އިން ބޮޑު ޑިސްކައުންޓަކާއެކު "ހިޓާޗީ މެގަ ޕްރޮމޯޝަން" ފަށައިފި އެވެ. އެސްޓީއޯގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި 15 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބެ އެވެ. އަންނަ މަހު ފަސް ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އަގު ހެޔޮކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހިޓާޗީ އައިސް އަލަމާރި ހިމެނެ އެވެ. ގަންނަ ބައެއް މޮޑެލްތަކުގެ އައިސް އަލަމާރިއަކަށް ވެކިއުމް ކްލީނާއެއް މި ޕްރޮމޯޝަންގައި ލިބެ އެވެ. އެސްޓީއޯ އިން ހިޓާޗީގެ ޕްރޮމޯޝަނެއް ފެށިއިރު، އެ ކުންފުނިން ދަނީ ހިޓާޗީގެ އުފެއްދުންތަކަށް އެއް އަހަރާއި ފަސް މަސް ދުވަހުގެ ވޮރަންޓީއެއް ދެމުންނެވެ. މީގެ އިތުރުން އޭސީ އަދި އައިސް އަލަމާރިގެ ކޮމްޕްރެސަރަށް ފަސް އަހަރުގެ ވޮރަންޓީއެއް ވެސް ދެ އެވެ. އެ ކުންފުނިން ގަންނަ ހިޗާޓީ އައިސް އަލަމާރި ފަދަ ބާވަތްތައް ގެއަށް ގެންގޮސްދިނުމުގެ ހިދުމަތް ވެސް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ