އަލީ ވަހީދުގެ މައްޗަށްކުރާ ދައުވާގެ ޝަރީޢަތް މަޑުޖައްސާލުމަށް އަމުރެއް ނެރެފި

އެމްޑީޕީގެ ޕާރލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރާ ދައުވާގެ ޝަރީއަތް މިވަގުތަށް ކުރިއަށް ނުގެންދިއުމަށް އަންގާ ހައިކޯޓުން ވަގުތީ އަމުރެއްނެރެފިއެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި އަލީ ވަހީދުގެ މައްޗަކުރާ ދައުވާ ކުރިއަށް ނުގެންދިއުމަށް ހައިކޯޓުން ވަގުތީ އަމުރެއްނެރުނީ އެމައްސަލަ އެއްފަހަރު ޕީޖީން އަނބުރާ ގެންދިއުމަށްފަހު ދައުވާއަށް ބަދަލު ނުގެނެސް އަލުން ދައުވާކުރަން ފޮނުވި މައްސަލާގައި އަލީ ވަހީދުގެ ވަކީލުން ނެންގެވި އިޖްރާއީ ނުކުތާއެއްގެ ސަބަބުންނެވެ. ދައުވާއަށް ބަދަލު ނުގެނެސް މައްސަލަ އަލުން ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ ނެންގެވި އިޖްތާއީ މައްސަލަ ހައިކޯޓަށްވަނީ ހުށައަޅާފައެވެ.
މިމައްސަލާގައި ހައިކޯޓުން ނެރެފައިވާ އަގުތީ އަމުރުގައި ބުނެފައިވަނީ އިޖްރާއީ މައްސަލަޔަށް ވަކިގޮތެއް ނިމެންދެން ނުވަތަ ހައިކޯޓުން ވަކިގޮތަކަށް އަންގަންދެން އަލީ ވަހީދުގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދިއުމަށް އަމުރުކުރާކަމުގައެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުލަތުން ދައުވާކުރަނީ އަލީ ވަހީދު ޑީއާރުޕީގައި ހުންނެވިއިރު ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށްކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށްބުނެއެވެ.
ހަމަ މިޤަޒިއްޔާގެ ދަށުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުންވަނީ ދައުވާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ