ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން: ޝަރީއަތް ނިމެންދެން ރޫނާ ބަންދުކޮށްފި އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު އިތުރަށް ތަރައްގީކުރުމުގެ ތަމްރީނެއް ބާއްވައިފި ހުޅުމާލޭގައި 1000 ހައުސިން ޔުނިޓް އަޅަން ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފި ރަސްމީ ރިޒާވް 686

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އެންގި އެންގުމާ އެއްގޮތަށް، އެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ޕީސީބީން މިދިޔަ އާދިއްތަ ދުވަހު ސަރުކާރު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ސާކިއުލާ ނެރުނު ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި މުވައްޒަފުން މަދުކުރުމުގެ ހުރިހާ މަރުހަލާއެއް ނިންމަންޖެހޭނެ ކަމަށެވެ. އަދި ޕީސީބީގެ އެންގުންތަކަށް އަމަލުކުރުމަކީ ގާނޫނުން ކުންފުނިތަކަށް ލާޒިމުކުރާ ކަމެއްކަން ވެސް އެ ބޯޑުން ވަނީ ހަނދާންކޮށްދީފައެވެ.
މި ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށްޓަކައި، ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު އެކްސެލް ޝީޓެއް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށާއި ޕީސީބީއަށް މައުލޫމާތު އަދާހަމަކޮށް މެއިލްކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ