"ބިގް ބޮސް 15" ގެ ޑިޖިޓަލް ޝޯ ހުށަހަޅާދޭނީ ކަރަން ޖޯހަރް

އަންނަ އޮކްޓޫބަރު މަހު ފަށަން ހަމަޖެހިފައިވާ "ބިގް ބޮސް 15" ގެ ޓީޒަރ ދައްކާލާފައިވާއިރު ވޫޓް އެޕުން ދައްކާ ޝޯ ހޯސްޓް ކުރާނީ މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރް ކަމަށް ކަރަން ބުނެފިއެވެ.
މީގެކުރިން އަޑުތައްއަރާފައިވާ ގޮތުގައި ޝޯ ހުށަހަޅާނީ "ބިގް ބޮސް 13" ގެ ދެ ބައިވެރިން ކަމަށްވާ ސިދާރތް ޝުކްލާ އަދި ޝެހެނާޒް ގިލްއެވެ.
މިކަމާއި ގުޅިގެން ކަރަން ބުނިގޮތުގައި ކަރަން އާއި ކަރަންގެ މަންމަ އަކީވެސް މި ޝޯ ގެ ބޮޑު ދެ ފޭނުންނެވެ. އަދި އެއްވެސް އެޕިސޯޑެއް ނުބަލާ ދޫކޮށްނުލާކަމަށްވެސް ކަރަން ބުނެއެވެ. މި ޝޯ ކަރަން ހޯސްޓް ކުރުމަކީ އޭނާގެ މަންމަގެ ވަރަށްބޮޑު ހުވަފެނެއް ޙަޤީޤަތަކަށްވުން ކަމުގައިވެސް ކަރަން ވަނީ ބުނެފައެވެ.
އޯގަސްޓް 8 ގައި ވޫޓުން ދައްކަން ފަށާ މި ޝޯ 6 ހަފްތާ ވަންދެން ކުރިއަށް ގެންދާނެއެވެ. ޝޯގެ ޓީވީ ޝޯތައް ފަށާނީ ޑިޖިޓަލް ޝޯތައް ނިންމާލުފަހުގައިކަމަށްވެސް ޚަބަރުތައް ބުނެއެވެ. ޓީވީ ޝޯތައް ހޯސްޓް ކުރާނީ ސަލްމާންޚާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ