ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. ހަސަން ސައީދުގެ އެކުލަވާލައްވާނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޑރ. ހަސަންގެ ކެމްޕޭން އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުގައި ޑރ. ހަސަންގެ ރިޔާސީ ކެމްޕޭންގެ ވެބްސައިޓު ލޯންޗްކުރުމަށް ރޭ ނަލަހިޔާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވިދާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރު އެކުލަވާލެއްވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވާނެ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުގައި އެފަދަ ސަރުކާރެއް އެކުލަވާލުމުގެ ބޭނުމަކީ ގައުމުގައި ތިބި އިލްމީ އަދި ގާބިލް ބޭފުޅުންނަށް ފުރުސަތު ދިނުމެވެ. އެގޮތުން ގައުމުގައި ސިޔާސީ ލީޑަރުން އުފެއްދެވުމަށް ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނާއި ޕްރޮފެސަރުން ގެންނަވާނެ ކަމަށް ޑރ. ހަސަން ވިދާޅުވި ކަމަށް އެ ބަޔާނުގައި ވެ އެވެ.
"ޑރ. ހަސަން ވިދާޅުވީ ގައުމުގައި ސިޔާސީ ލީޑަރުން އުފެއްދެވުމަށް އޭނާގެ ސަރުކާރެއްގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ،" އެ ނޫސް ބަޔާނުގައި ވެ އެވެ.
ޑރ. ހަސަން ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ސަރުކާރެއްގައި ހިމެނިވަޑައިގަންނަވާނީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ޖަމާއަތަކަށް ނިސްބަތްނުވާ، ގިނަ ޕާޓީތަކެއްގައި ހިމެނޭ ގާބިލް ބޭފުޅުންނެވެ.
ރިޔާސީ އިންތިހާބު 2008: އަޅުގަނޑު އެކުލަވާލާނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް: ޑރ. ހަސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ