އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުން އުނިކޮށްފައިވާ ހަ ގަވާއިދަކަށް ވަގުތީ ގޮތުން އަމަލު ކުރުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކޮށްފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުން އުނިކޮށްފައިވާ ބައެއް ގަވާއިދުތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކޯޓުތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ހަ ގަވާއިދު އުނި ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ ދުވަސް ކަމަށް ވާ މި އޮކްޓޯބަރު 10 އަކުން ފެށިގެން ވަގުތީ ގޮތުން އެ ގަވާއިދުތަކަށް އަމަލު ކުރުމަށް ކަނޑައެޅީ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ވަގުތީ ގޮތުން އަމަލު ކުރުމަށް ކަނޑައެޅި ގަވާއިދުތަކަކީ ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދާއި ކޯޓަށް ހާޒިރުވާ ފަރާތްތައް އަޅަންޖެހޭ ހެދުމާ ބެހޭ ގަވާއިދާއި މީހުން ދިރިއުޅޭ ތަންތަން ބަލާ ފާސް ކުރުމަށް ތަހުގީގުކުރާ ފަރާތުން ވަނުމުގެ ހުއްދަ ދިނުމުގައި ކޯޓުން އަމަލު ކުރާނެ ގޮތުގެ ގަވާއިދާއި ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލު ކުރަންވީ ގޮތުގެ ގަވާއިދާއި ކުއްޔަށް ތަކެތި ދޫކުރާ ތަންތަނުން ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީއަތުން ނަގައިދިނުމާ ބެހޭ ގަވާއިދެވެ.
މި މަހުގެ 10 އަކުން ފެށިގެން އެ ގަވާއިދުތަކަށް އަމަލު ކުރުމަށް ނިންމި ނަމަވެސް އެކަން ކަނޑައަޅައި ނެރުނު ސިޓީ ސުޕްރީމް ކޯޓުން ނެރެފައި ވަނީ އޭގެ އަށް ދުވަސް ފަހުން އޮކްޓޯބަރު 18 ގަ އެވެ.
ގާނޫނުން އުނި ކުރި ބައެއް ގަވާއިދުތަކަށް އަމަލު ކުރުމަށް ސުޕްރީމް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ