ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރަން އެއްވެސް ހުރަހެއްނެތް - އުމަރު

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރަން އެއްވެސް ހުރަހެއް ނެތް ކަމަށާއި ވަރަށް އަވަހަށް އެކަމާއި މެދު ގޮތެއް ނިންމާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި ހުންނަ އިނގިރޭސި ވިލާތުގެ ހައި ޔުނިވާސިޓީގެ ސިންގަޕޫރު ކެމްޕަސްގައި "މާސްޓާސް އިން ބިޒުނަސް އެޑްމިނިސްޓްރޭޝަން" ގެ ދާއިރާއިން މާސްޓަރސް އިން ބިޒިނަސް ހެއްދެވުމަށްފަހު ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ އޭނާ އެމްބީއޭ ފުރިހަމަކުރެއްވީ ބުރަ މަސައްކަތުން ކަމަށާއި، ރާއްޖެ އައީ އެމްބީއޭގެ އެންމެ ފަހު އިމްތިހާނު ފުރިހަމަކުރެއްވުމަށް ފަހު ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު ގޮތެއް ނުނިންމަވައި މަޑުކޮށްގެން ހުންނެވި އެއް ސަބަބަކީ މާސްޓާސް އަށް ކިޔަވާ ވިދާޅުވަމުން ގެންދެވުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރަން އެއްވެސް ހުރަހެއްނެތް، އަދި ތައުލީމީ ގޮތުންވެސް މިހާރަކު ހުރަހެއްނެތް، ދާދި އަވަހަށް އެކަމާ ދޭތެރޭ އަޅުގަނޑު ގޮތެއްނިންމާނަން، ވަރަށް އެކަށީގެންވޭ ޕްރައިމަރީގައި ވާދަކުރުން،" ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އުމަރު ވިދާޅުވި އެވެ.
އުމަރު ރޭ ރާއްޖެ ވަޑައިގަތުމާ އެކު ޕީޕީއެމްގެ މެންބަރުން އޭނާ އަށް ހޫނު މަރުހަބާއެއް ކިޔުމުގެއިތުރުން އެތަނުގައި ބާއްވާފައި އޮތް ލޮރީއަކުން އުމަރުގެ ވީޑިއޯތައް ދައްކައި، ލަވަތައް ޖަހަމުންދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ