ޙާލަތުއްޟަރޫރާގެ ވާހަކަ ޤާނޫނު އަސާސީއަކު ނޯވޭ: އަބްދުﷲ ޝާހިދު

ރާއްޖޭގައި އަމަލުކުރާ ޤާނޫނު އަސާސީގައި އޮންނަނީ 'ކުއްލި ނުރައްކަލުގެ ޙާލަތު'ގެ ވާހަކަ ކަމަށާއި، 'ޙާލަތުއްޟަރޫރާ'ގެ ވާހަކަ ނޯންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 
މަޖިލީހުގެ މިދިޔަ ދައުރުގެ ރައީސްކަން ކުރެއްވި އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން މަޖިލީހުގެ ތަޅަމުގައި ހާޒިރުވެ ތިބެ ކަމަށް ޤާނޫނު އަސާސީގައި ބުނެފައި ވިޔަސް ޒަރޫރީ ހާލަތްތަކުގައި ދެ ބައިކުޅަ އެއް ބަޔަށް ވުރެ މަދުން މެމްބަރުން ތިބެގެން ވެސް ވޯޓަށް އެހޭނެ ކަމަށް ޕީޕީއެމްގެ މެމްބަރުންނާއި މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ނިންމެވުމާ ގުޅިގެންނެވެ. 
Dhivehi Jumhooriyyaage QA ga onnanee ‘Kulli Nurakkaluge haalath’ ge vaahaka. ‘Haalath Zarooree’ akee QA gaivaa echcheh noon. Haalath Zarooree ey bune QA gai saafukoh bunefaivaa kankamaa khilaafah a’maleh nukureveyne. E ee QA ge baaru kan’duvaalun! QA ge 8 vana maadhdhaa ballavaa! pic.twitter.com/3spSFsj6DL
ޝާހިދު ވިދާޅުވީ ޙާލަތުއްޟަރޫރާއަކީ ޤާނޫން އަސާސީގައިވާ އެއްޗެއް ނޫންކަމަށާއި، ޙާލަތުއްޒަރޫރާއޭ ބުނެ ޤާނޫން އަސާސީގައި ސާފުކޮށް ބުނެފައިވާ ކަންކަމާއި ޚިލާފަށް އަމަލު ނުކުރެވޭނެކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށް ޝާހިދު ސިފަކުރެއްވިއެވެ. މީގެ އިތުރުން ޤާނޫނުއާސާސީގެ އަށް ވަނަ މާއްދާ ބެލުމަށް ޝާހިދު ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތު އެންމެހާ ބާރުތައް ހިންގަންވާނީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށެވެ. 
މި ޓްވީޓާ ގުޅިގެން ރާއްޖެއެމްވީ އިން ސުވާލު ދެންނެވުމުން ޝާހިދު ވިދާޅުވީ ޤާނޫނުއަސާސީގެ ބާރުތައް ވަކިކޮށް، އެއްބާރު އަނެއް ބާރަށް ފާރަވެރިވާ ނިޒާމެއް ކަނޑައަޅާފައި ވަނީ ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ. އަދި މި ޤައުމު ޚަރާބުވެގެން މިދަނީ އަމިއްލަ މަސްލަހަތު އިސްކޮށް ހިތުހުރި ގޮތަކަށް ކަންކޮށް، ޤާނޫނުއަސާސީ އިރާލާތީ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މެދުތެރޭ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެއީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކުރަމުންނެވެ. އަދި މަޖިލީހުގެ ރައީސްކަމުގައި މަސީހު ހުންނެވުމަށް މަޖިލީހުގެ މެމްބަރުންގެ އިތުބާރު ގެއްލިފައިވާއިރު، އެމަނިކުފާނު ރިޔާސަތުގައި ހުންނަވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވެސް މެމްބަރުން ދަނީ ބުނަމުންނެވެ. އިދިކޮޅު މެމްބަރުން މަޖިލިސް ބޮއިކޮޓް ކުރަން ފެށި ފަހުން ޤާނޫނީ އަދަދު ހަމަނުކޮށް ގިނަ ކަންތައްތަކެއް ޕީޕީއެމް އާއި އެމްޑީއޭ މެމްބަރުން ވަނީ މަޖިލިސް ތެރެއިން ނިންމާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ