ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމު އޮތް ފިންލޭންޑުން ރާއްޖޭގައި އަޅަން ނިންމާފައިވާ އެ ގައުމުގެ މަޝްހޫރު "ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް" ހުޅުމާލޭގައި އަޅަން ނިންމައި ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖޭގައި ހިންގަން ބިން ހަވާލު ކުރުމަށް އައިލެންޑާސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑާއެކު އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. އައިލެންޑާސްގެ ފަރާތުން ޗެއާމަން އަބްދުއްރަޝީދު (މަހުބާ އަބުސީ) އެވެ. އައިލެންޑާސް އަލީ ކެންގަރޫ ކިޑް އާއި ބިލަބޮން ހައި އިންޓަނޭޝަނަލް ވެސް ރާއްޖޭގައި ހިންގާ ކުންފުންޏެވެ.
ހުޅުމާލޭގެ ނެއިބަހުޑް ދޭއްގައި އަޅަން ނިންމާފައިވާ އެ ސްކޫލަކީ 1500 ދަރިވަރުންގެ ޖާގަ ހިމެނޭ ސްކޫލެކެވެ. އެ ސްކޫލްގެ ކިޔެވުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފަށަން އަމާޒު ހިފާފައިވާ ކަމަށް އައިލެންޑާސް އިން ވަނީ ބުނެފަ އެވެ.
އެ ސްކޫލުގައި ކިޔަވައިދޭނީ ފިންލޭންޑްގައި ކިޔަވައިދޭ އުސޫލުތަކާ އެއްގޮތަށެވެ. ނަމަވެސް ކަރިކިއުލަމް އެކުލަވާލާނީ ރާއްޖޭގެ މިންގަނޑުތަކަށް ފައްތައިގެނެވެ.
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް އަޅަން ބިންދޫކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ