އިލެކްޝަންސްގެ މެމްބަރު ކަމަށް ނަޝާތު އައްޔަން ކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްއްޔޫމު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އއ. ފެރިދޫ، ހާލި، އަލީ ނަޝާތަށް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.
ނަޝާތު އިލެކްޝަންސްގެ މެމްބަރު ކަމަށް ހަމަޖެއްސުމަށް ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުމުން އޭނާގެ ނަން ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި 32 މެމްބަރުންގެ އިއްތިފާގުންނެވެ.
ނަޝާތު މިހާރުވެސް މަސައްކަތް ކުރައްވަނީ އިލެކްޝަންސް ކޮމިޝަންގައެވެ. އޭނާ އެ ކޮމިޝަންގައި މަސައްކަތް ކުރަނީ ޑިރެކްޓަރުގެ މަގާމުގައެވެ.
ލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަން ހުސްވެފައި ވަނީ އެ ކޮމިޝަނުގެ މެމްބަރަކަށް ހުންނެވި މުހައްމަދު ޝަކީލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ