އަދާލަތު އޮފީސް ހުންނަ ތަނާއި ހުޅުވާފައި ހުންނަ ވަގުތުތައް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ނޭނގުމަކީ ފެނުމުގެ މައްސަލައެއް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ރަސްމީ އޮފީސް ހުންނަ އިމާރާތެއް ސާފުކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން، އެޕާޓީއަށް އިލްތިމާސް ކޮށްފައި ވަނިކޮށެވެ. މިކަމާއި ގުޅިގެން އަބުޅޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީ އޮފީސް ހުންނަތަން އީސީގެ މެންބަރުންނަށް ނޭގުމަކީ ލޮލުގެ މައްސަލައެއް ކަމަށެވެ. އަދި އެ އޮފީސް ބަންދުކޮށްފައި ހުންނަ ކަމުގެ ވާހަކަ އިލެކްޝަނުން ބުނުމަކީ އެ ކޮމިޝަންގެ މެންބަރުންގެ ހުރި ނުކުޅެދުންތެރިކަމެއް ކަމަށް އަބުޅޯ ވިދާޅުވިއެވެ.
އީސީން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ، އަދާލަތު ޕާޓީގެ ރަސްމީ އޮފީސް ބަންދުކޮށްފައި ހުންނަ ކަމުގެ ޝަކުވާތައް އެކޮމިޝަންނަށް ލިބޭ ކަމަށް ބުނެފައެވެ. އަދި އެ ޕާޓީގެ އޮފީސް ހުންނަ ތަނެއްގެ އިތުރުން އޮފީސް ހުޅުވިފައި ހުންނަ ވަގުތުތައް އީސީއަށް އަންގައި އެކަން އާންމުކޮށް އިއުލާން ކުރުމަށް އިލްތިމާސް ކުރާ ކަމަށް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.
އީސީގެ ވާހަކަތަކަށް ރައްދު ދެއްވަމުން އެ ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއާމަން އަލީ ނަޒީރު އިއްޔެ ވިދާޅުވީ ރަސްމީ ގަޑީގައި އަބަދުވެސް އަދާލަތު ޕާޓީގެ އޮފީސް ހުޅުވާފައި ހުންނަ ކަމަށެވެ. އަދި އެ ޕާޓީގެ އޮފީސް ހުންނަ އިމާރާތުގެ އެޑްރެސް ތަފާތު އެކިފަހަރު މަަތިން ވާނީ އީސީއަށް ހިއްސާ ކުރެވިފަ ކަމަށް އޭނާ ވިދާޅުވިއެވެ.
އީސީގެ މެންބަރުންގެ ފެނުމުގައި މައްސަލައެއް ހުރީ: އަބްދުﷲ އަހުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ