ނޮވެމްބަރު 3 ހަމަލާ، ހަނދާން ނައްތާލައިގެން ނުވާނެ: ގާސިމް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ހަނދާންތައް ދިވެހިންގެ ހިތްތަކުން ފޮހެލައިގެން ނުވާނެ ކަމަށާއި މާތްވެގެންވާ އިސްލާމްދީނާއި ގައުމުގެ މިނިވަންކަމުގެ ހައްގުގައި އެ ދުވަހު ދިވެހި ސިފައިންވި ގުރުބާނީ އާއި ޖިހާދާމެދު ފަހުވުރެވި ވާން ޖެހޭ ކަމަށް ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އާންމު ކުރެއްވި ތަހުނިޔާގެ މެސެޖެއް މެދުވެރިކޮށެވެ.
އެ މެސެޖުގައި ދިވެހިންގެ މަދު ބަޔާކާއި ބޭރުގެ ޓެރަރިސްޓުންގެ ބައެއްގެ ނުބައި ރޭވުމުގެ ދަށުން ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިކުރި އުދުވާނީ ހަމަލާއަކީ، ދިވެހި ރައްޔިތުންގެ ހިތްތަކުން ދުވަހަކުވެސް ފޮހެވިގެންދާނޭ ދުވަހެއް ނޫން ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެ ދުވަހު ރާއްޖޭގެ ދިފާއުގައި ދިވެހި ސިފައިން ކުރި ޖިހާދާއި ދެއްކި ހިތްވަރަކީ ދިވެހިން އެކަމާއި ފަހުރުވެރިވާން ޖެހޭ ޖިހާދެއް ކަމަށް ވެސް ސިފަ ކުރައްވާފައިވެއެވެ.
"މި ނުރައްކާތެރި އުދުވާނީ ހަމަލާގައި ޝަހީދުވެވަޑައިގެންނެވި އެންމެހާ އަބްޠާލުންގެ މަތިވެރި ޒިކުރާ އާކޮށް، ޝަހީދުންގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތްލައްވާށި އެވެ." ގާސިމްގެ މެސެޖްގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ